މި ޕެޓިޝަނަކީ ކޮބާ؟
މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ކުރީގެ މެންބަރުންނަށް ދައުލަތުގެ ޚަރަދުގައި ދެވޭ ބޮޑެތި ސިއްހީ އިންޝުއަރެންސް އިނާޔަތްތައް ނިމުމަކަށް ގެނައުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނެކެވެ.
އާސަންދަ، އެސްޓީއޯ އަދި ސްޓޭޓް ފާމަސީ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ސިއްހީ އެހީތެރިކަން ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވަމުންދާއިރު، ރައްޔިތުން ތަމްސީލުކުރާ މަޖިލިސް މެންބަރުންނަށް ޕްރީމިއަމް ސިއްހީ އިންޝުއަރެންސް ލިބެއެވެ. އަދި ކުރީގެ މެންބަރުންނަށް އުމުރުދުވަހަށް ސިއްހީ އިންޝުއަރެންސް ލިބެއެވެ. މި ޕެޓިޝަންގެ މަގްސަދަކީ މި ތަފާތުކުރުން ނިމުމަކަށް ގެނެސް، ހުރިހާ ދިވެހިންނަށް ރަނގަޅު ސިއްހީ ޚިދުމަތެއް ހޯދައިދިނުމެވެ.
މި ޕެޓިޝަން އަދި ޕްރޮމޯޝަން ވަނީ ނިމިފައެވެ. ތިރީގައި ވަނީ އޭގެ ތަފާސްހިސާބެވެ.
ތަފާސްހިސާބު
ބައިވެރިން ދިން ޖަވާބުތައް
ފޯނު ނަންބަރު ޔަގީންކުރި ބައިވެރިންގެ ޖަވާބުތައް.
-
1. އާސަންދަ، އެސްޓީއޯ އަދި ސްޓޭޓް ފާމަސީ މެދުވެރިކޮށް ތިޔަބޭފުޅާގެ ސިއްހީ ބޭނުންތަކަށް އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވޭހެއްޔެވެ؟
-
2. ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއަށްވުރެ ރަނގަޅު ސިއްހީ ހިދުމަތެއް ހައްގުވާކަމަށް ގަބޫލުކުރައްވަންހެއްޔެވެ؟
-
3. އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތްތަކަށްވުރެ ފުރިހަމަ، ހާއްސަ ސިއްހީ އިންޝުއަރެންސް އިނާޔަތްތަކެއް މަޖިލިސް މެންބަރުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވަންހެއްޔެވެ؟
-
4. އާންމު ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމުގައި ހާލުގައި އުޅެމުންދާއިރު، މަޖިލިސް މެންބަރުންނަށް ދެވޭ ބޮޑެތި އިންޝުއަރެންސް އިނާޔަތްތައް ހުއްޓާލަންޖެހޭ ކަމަށް ގަބޫލުކުރައްވަންހެއްޔެވެ؟
-
5. މަޖިލިސް މެންބަރުންނަށް ދެވޭ ބޮޑެތި އިންޝުއަރެންސް އިނާޔަތްތައް ނިމުމަކަށް ގެންނަންޖެހޭކަމަށް ގަބޫލުކުރައްވަންހެއްޔެވެ؟