އިސްލާހަކީ ކޮބާ؟
"އިސްލާހު" އަކީ އަނިޔާވެރިކަމާއި ނުޙައްޤުގެ ދަށުގައި ތިބި ފަރާތްތަކުގެ އަޑަކަށް ވުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޤައުމަށް ދިމާވެފައިވާ މުހިންމު މައްސަލަތައް ހާމަކުރުމަށް އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މިއީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމެއް ނެތް، މުޅިން ހިލޭސާބަހަށް ކުރަމުންދާ މަސައްކަތެކެވެ.
- ރައްޔިތުންގެ ކަންބޮޑުވުންތަކާއި އަޑުތައް ހާމަކޮށްދިނުން.
- ޙައްޤުތަކުން މަޙްރޫމްވެފައިވާ ފަރާތްތަކުގެ ހައްޤުގައި އަޑުއުފުލުން.
- ޤައުމާއި ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް އަލިއަޅުވައި، ހައްލު ހޯދުމަށް މަސައްކަތްކުރުން.
މި މަސައްކަތުގެ ފަހަތުގައި
"އިސްލާހު" ބިނާކޮށް ހިންގަނީ ހުސައިން ޝާފިއު އެވެ. އަޅުގަނޑަކީ ޓެކްނޮލޮޖީ އާއި ގޭމް ޑިވެލޮޕްމަންޓް ދާއިރާއިން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ އަމިއްލަ ވިޔަފާރިވެރިއެކެވެ.
އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމެއް ނުވަތަ ސަރުކާރަކަށް ތާއީދެއް އޮތް މީހެއް ނޫނެވެ. ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައި، އަޅުގަނޑުގެ އަމިއްލަ އެދުމާއި އީގޯ ދޫކޮށްލަން ތައްޔާރަށް ހުރީމެވެ.
މި މަސައްކަތަކީ އަމިއްލަ ވިޔަފާރީގެ އާމްދަނީން، ހުސްވަގުތުތަކުގައި ރައްޔިތުންގެ ލާބައަށްޓަކައި ކުރާ ކަމެކެވެ. މީގެއިން އެއްވެސް މާއްދީ ފައިދާއެއް ނުވަތަ އަމިއްލަ އެދުމެއް ހާސިލުކުރާކަށް ބޭނުމެއް ނޫނެވެ.