މަޖިލިސް މެންބަރުންގެ އެހީ ފަންޑު

ހިނގަމުންދާ

މަޖިލިސް މެންބަރުން އުޅުއްވާ "ނިކަމެތި، ދަތި" އަދި "މާލީ ފިއްތުން ބޮޑު" ހާލަތު ފެނިފައި ކެތްނުކުރެވިގެން، އެއިން އެއްވެސް ބޭފުޅަކު ނުކައި ނުބޮއި އުޅުއްވާކަށް ނުޖެހޭނެތީ، އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި އެ ބޭފުޅުން ސަލާމަތްކުރާނެ "ޚާއްޞަ ލޯނު ސްކީމެއް" ތަޢާރަފުކުރަމެވެ!

ފަންޑުން އެހީވެދެވޭ ކަންކަން

މި ފަންޑުން އެހީވެދެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ.

  • ކާބޯތަކެތި (ޚާއްޞަކޮށް ފުށް، ހަކުރު، އަދި ހަނޑޫ)
  • ކަރަންޓާއި ފެނުގެ ބިލު
  • ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ފީ

ލޯނު ސްކީމް

މި ފަންޑުން އެހީވެދެވޭނީ ފައިދާ ނުނަގާ ލޯނުގެ ގޮތުގައެވެ.

  • އެއްވެސް ފައިދާއެއް ނުނެގޭނެ
  • ހުރިހާ ގޮތަކުން ހަލާލު
  • އަނބުރާ ދައްކަންޖެހޭ މުއްދަތު: 3 މަހުން 6 މަހާ ދެމެދު

ލޯނުގެ ޓިއަރތައް

  • ޓިއަރ 1 100 ރުފިޔާ
    • ފައިދާ 0%
    • 3 - 6 މަސް
    • ހަލާލު
  • ޓިއަރ 2 250 ރުފިޔާ
    • ފައިދާ 0%
    • 3 - 6 މަސް
    • ހަލާލު
ލޯނުގެ ޝަރުތުތައް
  • މި ދައުރުގެ ޖަލްސާތަކުގެ މަދުވެގެން 50% އަށް ހާޒިރުވެފައިވުން.
  • ލާރި އެކައުންޓުގައި ނެތްކަމުގެ އެކައުންޓް ސްޓޭޓްމަންޓް.
  • ލޯނު ފައިސާ ވިލާތު ދަތުރުތަކަށާއި، އާ ކާރަށް ނުވަތަ ސިޔާސީ ޖަލްސާތަކަށް ބޭނުންކުރުން މަނާ.
  • ޕާޓީ ބަދަލުކުރާ ކޮންމެ ފަހަރަކު ލޯނު އެޕްލިކޭޝަން "ރީސެޓް" ވާނެ.
  • ޖަލްސާގައި ނިދި ކުރައްވާފައި އިންނަވާ ފޮޓޯއެއް ފެނިއްޖެނަމަ ލޯނު ބާތިލުވާނެ.
  • އަމިއްލަ އެލަވަންސް ބޮޑުކުރަން ވޯޓުދިން މެންބަރުންނަށް ލިބޭނީ އެންމެ ދަށް "ޓިއަރ 1".
  • ލޯނު ދެއްކުން ލަސްވާ ކޮންމެ ދުވަހަކަށް، ރައްޔިތުންގެ ކިބައިން ލިޔުމުން މަޢާފަށް އެދެންޖެހޭނެ.
  • ލޯނު ދިނުމާއި ނުދިނުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ ފަންޑަށް އެކަންޏެވެ.
ބޭނުންވާ ލިޔެކިޔުންތައް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • ބޭންކުގެ ނަމާއި އެކައުންޓް ނަންބަރު
  • އެދޭ ލޯނުގެ އަދަދު (ޓިއަރ)
އެދިވަޑައިގަންނަވާނެ ގޮތް

އެހީއަށް އެދިވަޑައިގަންނަވާ މެންބަރުން، ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރައްވާށެވެ.

[email protected]

އާންމުކޮށް ކުރެވޭ ސުވާލުތައް

މި ލޯނަށް އެދެވޭނީ ކާކަށް؟

މި ލޯނު ލިބެން ހުރީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ.

ލޯނަށް ފައިދާ ނަގަންތޯ؟

ނުނަގަމެވެ. މި ލޯނަކީ ފައިދާ ނުނަގާ، ހުރިހާ ގޮތަކުން ހަލާލު ލޯނެކެވެ.

ލޯނު އަނބުރާ ދައްކަންޖެހޭނީ ކިހާ މުއްދަތެއްގައި؟

3 މަހުން 6 މަހާ ދެމެދުގެ މުއްދަތެއްގައެވެ.